އެމެރިކާއިން ބަޣުދާދު އިންޓަނޭޝަޓަނޭޝަލް އެއާޕޯޓު ކައިރިއަށް ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ޤުދްސު ފޯސްގެ ކޮމާންޑަރު ޖެނެރަލް ޤާސިމް ސުލައިމާނީ އަވަހާރަކޮށްލައިފިއެެވެ. އިރާގުގެ ޕޮޕިއުލާ މޯބިލައިޒޭޝަން ފޯސަސް (އަލްޙަޝްދު އައްޝަޢުބީ) ގެ ކޮމާންޑަރުގެ ނާއިބު އަބޫމަހްދީ އަލްމުހަންދިސްވެސް ވަނީ މިހަމަލާގައި އަވަހާރަވެފައެވެ. އެބޭފުޅުން ދަތުރުކުރައްވަމުން ދިޔަ ކާރުކޮޅަށް އެެރީ ރޮކެޓް ހަމަލާއެެއް ކަމަށް ވެއެވެ.
އަލްޙަޝްދުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އެ ލަޝްކަރުގެ ޕަބްލިކް ރިލޭޝަންސްގެ ވެރިޔާ މުޙައްމަދު ޖަބީރީއާއި އިތުރު ތިން ބޭފުކާއި، "ދެ މެހުމާނަކުވެސް" ވަނީ މިހަމަލާގައި އަވަހާރަވެފައެވެ.
ވައިޓް ހައުސްއާއި އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ވެސް ވަނީ އެމެރިކާއިން މިހަމަލާ ދިން ކަން ޔަގީންކޮށްދީފައެވެ. އެމެރިކާއި ބުނި ގޮތުގައި ރައީސު ޓްްރަމްޕުގެ އަމުރުފުޅަށް ސުލައިމާނީ އަވަހާރަކޮށްލީ އީރާނުން ދިނުމަށް ރާވަމުންދާ ހަމަލާތަކެއް ހުއްޓުވުމަށް ކަމަށެވެ.
މި ހަމަލާއާ ގުޅިގެން އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުުވުމަކަށް ވަނީ ގޮވާލާފައެވެ.
"ޖެނެރަލް ސުލައިމާނުގެ ކާރުކޮޅަށް ދިން ހަމަލާގައި އޭނާ ޝަހީދުވުމާ ގުޅިގެން މިހަމަލާއާމެދު ބަހުސުކުރުމަށް (ކައުންސިލްގެ) ކުއްލި ބައްދަަލުުވުމެއް މަދު ގަޑިތަކެއްގެ ތެރޭގައި ބޭއްވޭނެ." އީރާނު ޓީވީން ބުނެފައި ވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވަނީ މި ހަމަލާއަކީ "ބައިނަލްއަގުވާމީ ޓެރަރިޒަމް"ގެ އަމަލެއް ކަމަށް ސިފަކުރައްވައި، ހަމަލާގެ ނަތީޖާއެއްގެ ގޮތުން ދިމާވާ ހުރިހާ ކަމެއްގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެ ކަމަށް ވިދާާޅުވެފައެވެ.
"އެމެރިކާގެ ހަމައިން ނެއްޓިފައިވާ މޮޅުކަން ދެއްކުމުގެ ސިޔާސަތުގެ ފުރިހަމަ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެ." ޒަަރީފު ވިދާޅުވިއެވެ.
އީރާނު ސަރުކާރުގެ އިސްބޭފުޅުން ވަނީ ސުލައިމާނީގެ މަރަށް އެމެރިކާއިން "ނުބައިކަން ބޮޑުވެގެންވާ ބަދަލަކުން" ބަދަލު ހިފާނެ ކަމުގެ އިންޒާރުދެއްވާފައެވެ.