
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު ޢުސްމާނަށް މަރުގެ އިންޒާރު ދިން މީހާ ކޯޓުން ދޫކޮށްލައިފިއެވެ.
ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކާއެކުގައެވެ. އެހެންނަމަވެސް އެ ޝަރުތައް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ކ. މާފުށީ ކެފޭއެއްގައި އިންނަވަނިކޮށް ފަނޑިޔާރު ޝުޖާއުއަށް އިންޒާރު ދީފައިވަނީ ޢުމަރުން 50 އަހަރުގެ މީހެކެވެ. އޭނާ ބަންދުކޮށްފައިވަނީ މިއަދުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވަނީ ޝުޖާޢަށް ހަމަލާދޭން ވެސް މަސައްކަތް ކޮށްފައެވެ.
ޝުޖާއަށް މަރުގެ އިންޒާރު ދިނުމުން ހައިކޯޓުންވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފައެވެ. އެބަޔާބުގައި ވިދާޅުވެފައިވަނީ އެއްވެސް މީހަކަށް މަރުގެ އިންޒާރުދީ ފުރާނައަށް ގެއްލުން ދިނުން ފަދަ ޢަމަލުތައްކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.