
”ދިވެހިންގެ އުއްމީދީ ޕާޓީ” ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އިތުރު ބޭފުޅަކަށް ދެއްވައިފިއެވެ.
މި ހުއްދަ ދެއްވާފައިވަނީ މ. ރީފް ސައިޑު މުހައްމަދު ސަޢީދަށެވެ. މި ހުއްދަ އޭނާއަށް ދެއްވީ އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ހުއްދައިގެ ލިޔުން އޭނާއާ ޙަވާލުކޮށްދެއްވީ އީސީގެ ރައީސް އަޙުމަދު ޝަރީފެވެ.
އީސީން މިއަދު ދިން ރަސްމީ ހުއްދައާއެލު ސައީދު ޖެހޭނީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުގެ ސައްހަ ސޮޔާއެކު އިލެކްޝަނަށް ހުށަހަޅާށެވެ.