
މާފަންނު ގެއަކަށް ފުލުހުން ވަދެ ފާސް ކުރަން ފަށައިފިއެވެ. އެހެންނަމަވެސް އެއީ ކޮން ގެއެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. އެގެއަށް ފުލުހުން ވަދެ ފާސްކުރަމުން ގެންދަނީ ޑުރަގް މައްސަލައަކާ ގުޅިގެންނެވެ.
"ޑްރަގް މައްސަލައަކާ ގުޅިގެން މާފަންނު ގެއެއް ބަލާ ފާސްކުރަމުންދަނީ،" ފުލުހުން ވިދާޅުވިއެވެ. މިމައްސަލައާ ބެހޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފުލުހުން ބަލަމުންދަނީ މ. ހަވީރީ މަންޒެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެގެއަކީ ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ އަނބިކަނބަލުން އިލްހާމް އަޙުމަދު ގެ ގެކޮޅެވެ. އެހެންނަމަވެސް ފުލުހުން ބަލަމުން ގެންދަނީ އޭގޭގައިހުރި އެހެން އެޕާޓުމެންޓެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.