
މުދާ ބަރުކުރަމުން ދަނިކޮށް ރޭ އަރިއަޅާލި ލޭންޑިންކްރާފްޓުން މުދާ ހުސްކުރުމަށްފަހު ޕަމްޕް ބޭނުންކޮށްގެން ދިޔަ ހިއްކަން ފަށައިފިއެވެ.
ހުޅުމާލެ ޖޭޓީގައި އޮތް "އަމިން ކެރިއަރ 2" ނަމަކަށްކިޔާ މި ލޭންޑިންކްރާފްޓް އަރިއަޅާލައި ރެއިން ފެށިގެންދަނީ ދިޔަވަމުންނެވެ. އެމްއެންޑީއެފް ކޯސްޓުގާޑު ސިފައިން ދަނީ ރެއިން ފެށިގެން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަވެސް އަދިވެސް ލޭންޑިންކްރާފްޓް ބެލަންސްވާ ގޮތެއް ނުވެއެވެ.
މި ޙާދިސާ ހިނގާފައިވަނީ ރޭ 00:32 އެހައިކަންހާއިރު އެވެ. މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.