
ހުޅުމާލެ ޖޭޓީގައި އޮތް ލޭންޑިކްރާފްޓް (ކޮޅުވެއްޓި) އަކަށް މުދާ ބަރުކުރަމުންދަނިކޮށް އަރިއަޅާލައިފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ "އަމިން ކެރިއަރ 2" ނަމަކަށްކިޔާ މި ކޮޅުވެއްޓި އަރިއަޅައިލުމުގެ ސަބަބުން ދަނީ ދިޔަވަމުން ކަމަށެވެ. އެމްއެންޑީއެފްގެ ކޯސްޓުގާޑުން މިހާރުދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 00:32 އެހައިކަންހާއިރު ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ. މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި އުޅަނދަށް ވެސް ގެއްލުމެއް ލިބިފައިވާކަން ކަށަވަރެއް ނުވެއެވެ.
އެ އުޅަނދަށް ބަރުކުރަމުންދިޔަ މުދަލަކީ ކޮންތަކަށް ގެންދަން އުޅުނު އެއްޗެއް ކަމެއް ވެސް އަދި އެނގިފައެއް ނުވެއެވެ.