
ތެޔޮބޯޓެއް ފަރަކަށް އަރައިގެން އެބޯޓު ފުންކުރުމުގެ މަސައްކަތް އޭގެ ވެރިފަރާތުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
"އީއެލްއެމް ބާޖު" ނަމަކަށް ކިޔާ ބޯޓު އަރައިފައިވަނީ ނ.ވަވަތިކުރޮޅިއަށެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ މިޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6:40 އެހައިކަންހާއިރު ކަމަށެވެ.
ބޯޓު ފަރަށްއެރިއިރު އޭގައި ތިބީ 4 މީހުންނެވެ. އެއީ 2 ދިވެހީންނާއި 2 ބިދޭސީން ކަމަށް ޢާޒިމް ވިދާޅުވިއެވެ. މި ބޯޓަކީ އީއެލްއެމް އިންޖިނިއަރިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ބޯޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.