
ނޮވެމްބަރު ވިހި ވަނަދުވަހުގެރޭ 23:05 އެހައިކަންހާއިރު މީހަކަށް ވަޅީން ހަމަލާދީ ޒަޚަމް ކޮށްލައިއެވެ. ފުލުހުން ވިދާޅުވީ ޒަޚަމް ވެފައިވަނީ ޢުމުރުން 25 އަހަރުގެ މީހެއް ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި
އެމީހާއަށް ހަމަލާ ދީފައިވަނީ ސައިކަލެއްގައި ދިޔަ ދެމީހެކެވެ. އެމީހާއަށް ހަމަލާ ދިނުމަށްފަހު އެދެމީހުން ވަނީ ފިލައިފައެވެ.
ފުލުހުން ވިދާޅުވީ އެމީހުން ދިންހަމަލާ އަމާޒުވެފައިވަނީ އެމީހާގެ އަތަށް ކަމަށެވެ. ފުލުހުން ވަނީ އެމީހުންގެ ވެހިކަލުގައި އެމީހާ ގޮވައިގެންގޮސް ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ހޯދައިދީފައެވެ. އޭނާގެ ޙާލު ސީރިއަސްއެއްނޫންނެވެ.
ފުލުހުން ވިދާޅުވީ މިހަމަލާ ދިން ކަމުގެ ތުހުމަތުގައި މިހާރުވަނީ ދެ މީހަކު ބަންދުކޮށްފައި ކަމަށެވެ. ބަންދުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މީހުން ބަންދުކޮށްފައިވަނީ އެރޭ 00:23 އެހައިކަންހާއިރު ކަމަށެވެ.