
އައު އުފެއްދުންތަކެއް މިފްކޯއިން ބާޒާރަށް ނެރެފިއެވެ.
މިފްކޯގެ ފަސްމީރު ބުރޭންޑަށް އަލަށް ތަޢާރަފްކޮށްފައިވަނީ ހިކި މިރުހާއެކު ހުންނަ ޗަންކު ކަނޑުމަސް ތެޔޮއެޅި ދަޅުމަހާއި އަސޭމިރުސް އަޅާފައި ހުންނަ ދަޅުމަހެވެ. މިއީ ކާއިރުގައި ރަހަ ހެޔޮވަރުކޮށްލަން ބޭނުންކުރެވިދާނެ އެއްޗެކެވެ. ޚާއްސަކޮށް ކުޅިކޮށް ކާން ބޭނުންވާ މީހުންނަށް ވަރަށް ކަމުދާނެ އުފެއްދުމެކެވެ.
އޭގެއިތުރުން އެއްކިލޯގެ މަސްޕެކެޓާއި ފަސް ސަތޭކަގުރާމް މަސްޕެކެޓު ވެސް ރޭ ވަނީ ތަޢާރަފްކޮށްފައެވެ. މިއީ ގޭބިސީތަކާއި ހޮޓާ، ރެސްޓޯރެންޓުތަކަށް ވަރަށްކަމުދާނެ އެއްކެވެ.
މިތަކެތި ތަޢާރަފްކޮށްފައިވަނީ މިފްކޯއަށް 26 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފަރުކޮޅުފުށީގައި ރޭ ބޭއްވި ހަފްލާގައެވެ.