
އައްޑޫ ސިޓީއަށް ވޮންޑާ ކޮފީ މިއަދު ރަސްމީކޮށް ތަޢާރަފް ކޮށްފިއެވެ. އެ ކޮފީ ތަޢާރަފް ކޮށްފައިވަނީ ސިބްކޯއިން މަރަދޫގައި މިއަދު ހުޅުވި ހޯލްސޭން އަދި ރީޓޭލް ފިހާރައިންނެވެ.
ފިހާރަ ހުޅުވުމަށް މަރަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިބްކޯގެ މެނޭޖަރ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް، އަޙުމަދު ހާނީ ނަޢީމް ވިދާޅުވީ އެކުންފުނިން ރާއްޖެއަށް އަލަށް އެތެރެކޮށްގެން ވިއްކަމުންދާ "ވޮންޑާ ކޮފީ" މިފިހާރައާ އެކު އައްޑުއަށް ތަޢާރަފް ކޮށްފައިވާ ކަމަށެވެ.
"ވޮންޑާ ކޮފީ އަކީ ޖަޕާނުގެ އުފެއްދުމެއް. ދިވެހިންގެ މަގުބޫލު މަންޒިލެއްކަމުގައިވާ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ގިނަ ބަޔަކަށް ކަމުދާ ކޮފީއެއްމީ. ޕްރީމިއަމް ކޮފީ ބީންސްގައި ތައްޔާރުކޮށްފައިވާ ވޮންޑާ ކޮފީގެ ފަސް ރަހައެއް ސިބްކޯއިން ވިއްކަމުންދާނެ،" ހާނީ ވިދާޅުވިއެވެ. އޭގެތެރޭގައި ވޮންޑާ ޕްރީމިއަމް ކޮފީ އޮރިޖިނަލް، ވޮންޑާ ޕްރީމިއަމް ކޮފީ މޮކާ، ވޮންޑާ ޕްރީމިއަމް ކޮފީ ލާޓޭ، ވޮންޑާ ކޮޕި ތާރިކް އަދި ވޮންޑާ އެކްސްޓްރާ ޕްރެސޯ ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓާއި، ފަލަކް ބާސްމަތީ ހަނޑުލާއި، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސްއާއި، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.