ފެނަކަ ކޯޕަރޭޝަނުން ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގައި އަލަށް އެޅުމަށް ހަމަޖހިފައިވާ އިންޖީނުގޭގެ ބިންގާ މިއަދު އަޅުއްވައި ދެއްވައިފިއެވެ.

އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދާއި ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރ ޔައުޤޫބު ޢަބްދުﷲ އެވެ.
އެރަށުގެ އިންޖީންގެ އެޅުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޓިކްޓެކް އިންވެސްޓްމެންޓް ޕްރައިވެޓު ލިމިޓެޑާއެވެ. ފެނަކައާއި ޓިކްޓެކާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން 4 މަސްތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ. އެ މަސައްކަތް ޙަވާލުކޮށްފައިވަނީ ފަސް މިލިއަން ރުފިޔާއަށެވެ.

ފެނަކައިން މިއަދުވަނީ ގއ. ނިލަންދޫ އިންޖީނުގޭގެ ބިންގާވެސް އަޅައިފައެވެ. އެ އިންޖީނުގޭގެ ބިންގާވެސް އަޅުއްވައި ދެއްވީ އަޙުމަދު ސަޢީދާއި، ޔައުޤޫބެވެ.
