
ގއ. ނިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުހައްމަދާއި، ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރ ޔައުގޫބު އަބްދުﷲ އެވެ.

އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙުމަދު ސައީދާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ޢަބްދުﷲ އާއި ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހު އިބްރާހީމް ވާހަކަ ދެއްކެވިއެވެ.
މިއަހަރު މިހާތަނަށް ފެނަކައިން ވަނީ ގިނަ ރަށްރަށެއްގައި އިންޖީނުގެ އެޅުމަށް ނިންމައި އެތަންތަނުގެ ބިންގާ އަޅައިފައެވެ. ފެނަކައިން ވަނީ މިއަހަރުތެރޭގައި މުޅީން އަލަށް 30 އިންޖީނުގެ އެޅުމަށް އަމާޒު ހިފައިފައެއެވެ

އެކުންފުނިން ގެންދަވަނީ ރަށްރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވަނީ ތަފާތު އެކިރަށްރަށަށް 53 އަށްވުރެ ގިނަ ޖަނަރޭޓަރު ފޯރުކޮށްދީފައެވެ. ފައިސާއިން ބަލާނަމަ އެއީ 150 މިލިއަން ރުފިޔާއަށްވުރެ އިތުރު ޢަދަދެކެވެ.