
މިއުޒިކް ކޮމްޕޯޒަރ އަދި އެކްޓަރ-ޕްރޮޑިއުސަރ ހިމޭޝް ރޭޝައްމިޔާ އޭނާގެ ފިލްމް ހެޕީ ހާރްޑީ އެންޑް ހީރް' ގެ އާ ލަވައެއް ރިކޯޑުކޮށްފިއެވެ. އޭނާ މިފަހަރު ލަވަ ރިކޯޑު ކުރީ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރް ސާނޫގެ ދަރިފުޅު ޝެނަން ކުމާރް އާއެކުއެވެ. ލަވައިގެ ނަމަކީ 'ޓިކް ޓޮކް' އެވެ.
ހިމޭޝް ވަނީ ލަވައިގެ ވީޑިއޯ އެއް އޭނާގެ އިންސްޓެގްރާމްގައި ޕޯސްޓުކޮށްފައެވެ. ހެޕީ ހާރްޑީ އެންޑް ހީރްގެ ޓްރެއިލަރް މި މަހު ނުކުންނާނެ ކަމަށް އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ. ހިމޭޝްވަނީ ރޭލުވޭއެއްގައި ލަވައެއް ކިޔައިގެން މަޝްހޫރުވި ރާނޫ މޮންޑާލް އާއެކު ފިލްމުގެ ދެ ލަވައެއް ރިކޯޑުކޯށްފައެވެ، އޭގެތެރެއިން އެއް ލަވައިގެ އޮފިޝަލް ވީޑިއޯ ވެސް މިމަހު ނެރޭނެއެވެ. އެއީ 'އާޝިގީ މޭނ ތެރީ' އޭނާގެ ފިލްމުގެ ދެ ލަވައެއް ރިކޯޑު ކޮށްފައެވެ އާއެކު އޭނާ ރިކޯޑުކުރި ލަވައެއްގެ ރަސްމީ ވީޑިއޯ ވެސް މިހަރު ނުކުންނާނެ ކަމަށް ބުނެފައިވެއެވެ.
ފިލްމު ސިނަމާގައި އަޅުވާނީ އަންނަ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ.