އުރީދޫގެ ޗީފް ފައިނޭންޝަލް އޮފިސަރަކަށް ސުރޭޝް އައްޔަން ކޮށްފި

ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް: ފޮޓޯ އުރީދޫ

އުރީދޫ މޯލްޑިވްސް އިން ވަނީ 17 ސެޕްޓެންބަރު 2019 އިން ފެށިގެން، ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި އެގްޒެކެޓިވް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި (އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓެޓިވް) އައްޔަންކޮށްފައެވެ.

އުރީދޫ މޯލްޑިވްސްއިން ވިދާޅުވީ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ވަނީ ޓެލެކޮމިއުނިކޭޝަން، ރީޓެއިލް، އަދި މެނުފެކްޗަރިންގ ފަދަ އިންޑަސްޓްރީތަކުގައި މަސައްކަތްކޮށް، ފައިނޭންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދައިފައި ކަމަށެވެ. އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން އޭނާ ވަނީ އުރީދޫ ގްލޯބަލް ސަރވިސަސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމު ވެސް އަދާކޮށްފައެވެ. ސުރޭޝް ވަނީ ބާރލާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ހާސިލުކޮށްފައެވެ. އަދި އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް އިންޑިއާގެ މެންބަރެއް ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް އޭނާ  އައްޔަން ކުރުމުން އެތަނުންވަނީ އޭނާއަށް ހޫނުމަރުހަބާއެއް ވިދާޅުވެފައެވެ. އޭނާގެ އެހީތެރިކަމާއި ލީޑަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން އިތުރު ކުރިއެރުމާއި ކާމިޔާބީތައް ހޯދާނެކަމަށް އުންމީދު ކުރާ ކަމަށްވެސް އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.