އިނގިރޭސި ސަފީރު މާދަމާ ރައީސަށް ފަތްކޮޅު އަރުވަނީ

އިނިގރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު ، ހަރ އެކްސެލެންސީ މިސް ކެރޯން ރޮއުޒްލަރ

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ހަރ އެކްސެލެންސީ ކެރޮން ރޮއުޒްލަރ ބުދަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާނެއެވެ.

ހަރ އެކްސެލެންސީ ކެރޮން ރޮއުޒްލަރ އަކީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާ ފުރަތަމަ ސަފީރެވެ. މާދަމާ ސަފީރުކަމުގެ ފަތްކޮޅު އެރުވި ނަމަވެސް އިނގިރޭސި އެމްބަސީ ރަސްމީކޮށް ހުޅުވާނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ. އެމްބަސީ ހުޅުވެންދެން ވަގުތީ އޮފީސް ހުންނާނީ ކުރީގެ އެސް.ބީ.އައި ހުރި ޒޮނޭރިއާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައެވެ.

ރާއްޖޭގައި އިނގިރޭސި އެމްބަސީއެއް ހުޅުުވުމުގެ މަގްސަދަކީ މިހާރަށްވުރެ ބޮޑަށް ދެ ގައުމުގެ ގުޅުން އިތުރަށް ތަރައްގީކުރުމެވެ. އެމްބަސީިއިން އެންމެ ފުރަތަމަ ކުރާނޭ މަސައްކަތްތަކުގެ ތެރޭގައި 2020ވަނަ އަހަރު ކޮމަންވެލްތާއި އަލުން ގުޅުމާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ. މީގެ އިތުރުން މޫސުމީ ބަދަލާއި ތިމާވެށީގެ މައްސަލަތައް ހިމެނެއެވެ. ހަމައެހެންމެ ރާއްޖޭގެ ސަލާމަތާއި ސަރަހައްދުގެ ރައްކާތެރިކަމަށް މަސައްކަތް ކުރުން ހިމެނެއެވެ. ހަމައެއާއެކު މީޑިއާގެ މިނިވަންކަން ދިފާޢުކުރުން ވެސް ފާހަގަކުރައްވާފައިވެއެވެ.

އިނގިރޭސި ސަފީރެއްގެ ގޮތުގައި މީގެ ކުރިން ހުންނެވީ ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ހައި ކޮމިޝަނަރ ހިސް އެކްސެލެންސީ މރ. ޖޭމްސް ޑޮރިސް އެވެ. އެމަނިކުފާނަކީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ނޮން-ރެޒިޑެންޓް ސަފީރެއްގެ ގޮތުގައެވެ.

އިނގިރޭސިވިލާތުން މިއަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިތުރު 14 ޑިޕްލޮމެޓިކް މިޝަން ހުޅުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.