އޯޑިއޯވިޜުއަލް ތަރިކައިގެ ދުވަސް، ސަގާފީ މުއްސަނދިކަން ދެނެގަތުމުގެ ދުވަސް

މިއަދަކީ ބައިނަލްއަގުވާމީ އޯޑިއޯވިޜުއަލް ތަރިކައިގެ ދުވަހެއެވެ. މި ދުވަސް ފާހަގަ ކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރިކޯޑުކުރެވިފައިވާ އަޑާއި މަންޒަރު މެދުވެރިކޮށް ބައިނަލްއަގުވާމީ ސަގާފީ މުއްސަނދިކަން ދެނެގަތުން ކަމަށް ސަގާފީ ތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒުން ވަނީ ވިދާޅުވެފައެވެ.

އޯޑިއޯވިޜުއަލް ތަރިކައިގެ ދުވަސް ދުވަހަކީ 2005 ވަނަ އަހަރުން ފެށިގެން ޔުނެސްކީއިން ދުނީޔޭގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

"މިދުވަހަކީ އަޑާއި މަންޒަރުގެ ގޮތުގައި ކިޔާބުކުރެވިފައިވާ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންގެ އާދަކާދަ، ސަގާފަތް އަދި ބަހުގެ މުއްސަނދިކަން ދެނެގަނެ އެފަދަ ރެކޯޑު ކުރެވިފައިވާ އަޑާއި މަންޒަރުތައް ރައްކާތެރިކަމާއެކު އަންނަންއޮތްޖީލުތަކަށް ވާސިލު ކޮށްދިނުމުގެ މުހިންމުކަމާއި އެތަކެތި ރައްކާތެރި ކަމާއެކު ބެލެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެއް،" ސަގާފީ ތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒުން ވިދާޅުފައިވެއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެފަދަ ރެކޯޑުތަކަކީ ރައްކާތެރިކޮށް ބެލެއްހެއްޓެން ޖެހޭނެ އެއްޗެއް ކަމަށާއި ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް އާންމުންނަށް އެތަކެތި އަޑުއަހައި ބެލޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ސަގާފީ ތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒުން ވިދާޅުވެފައިވެއެވެ. މިފަހަރުގެ ޝިޢާރަކަށް ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "އަޑާއި މަންޒަރުގެ ތެރެއިން މާޒީއަށް ޝައުގުވެރި ކުރުވާ،" އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.