
އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ބިޑު ވިއްކަންއޮތް ތާރީޚު ފަސްކޮށްފިއެވެ.
ބިޑު ވިއްކަން މިހާރު ހަމަޖައްސާފައިވަނީ އޮކޮޓޯބަރު 31 އިން ނޮވެމްބަރު 28 އަށެވެ. އެ މުއްދަތުގައި ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް ބިޑުވިއްކުން ކުރިއަށްދާނެއެވެ. ބިޑުވިއްކާނީ އައްޑޫ ސިޓީކައުންސިލުންނެވެ. ކުރިން އޮތީ އޮކްޓޯބަރ 20 އިން ނޮވެމްބަރު 13 ބިޑު ވިއްކާ ގޮތަށެވެ.
ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެހީންނަށް 2,000.00 (ދެހާސް ރުފިޔާ) އަދި ބޭރުގެ ފަރާތެއްނަމަ 300.00 (ތިންސަތޭކަ ޔޫއެސް ޑޮލަރު) އަށެވެ.