އެމްއެމްޕީއާރުސީގެ ފައިސާގައި ކުރީގެ ސީޕީއަކާއި ޑީސީޕީއަކު ވަނީ ޖެހިފައި: ސީޕީ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ފުލުހުންގެ އެންމެ އިސް ސަފުގައި ތިއްބެވި ބައެއް ފުލުހުންވެސް ހިފާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ފުލުހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުންނެވެ. އޭގެ ތެރޭގައި ފުލުހުންގެ ކުރީގެ ކޮމިޝަނަރަކާއި، ޑެޕިޔުޓީ ކޮމިޝަނަރެއް ހިމެނި ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ފައިސާ ހިފި ފުލުހުންގެ ތެރޭގައި މިހާރުވެސް ފުލުހުންގެ ވަޒީފާއިގައި ދެމިތިބި ފުލުހުންނާއި މިހާރު ވަޒީފާއިން ވަކިވެފައިވާ ފުލުހުން ވެސް ހިމެނޭ ކަމަށެވެ. އެ އެންމެންނާ ދޭތެރޭ ތަހުގީގު ހިންގުމަށްފަހު ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ފުލުހުންނާމެދު މިހާރުވެސް އިދާރީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ފައިސީގައި ހިފި އެއްވެސް މީހެއްގެ ނަމެއް މިމަރުޙަލާގައި ހާމަ ނުކުރައްވާނެ ކަމަށެވެ. އެގޮތަށް ޢަމަކު ކުރައްވަނީ ތަޙުގީގަށް ހުރަސް އެޅުމުގެ ފުރުސަތު އޮވެދާނެތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.