އީރާނު ބޯޓުން ޑުރަގު އެތެރެކުރި މީހުންގެ މަޢުލޫމާތު ޢާއްމުކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މިމަހު އަތުލައިގެންފައިވާ އީރާނު ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލާގައި ހިމެނީ މީހުންގެ މަޢުލޫމާތު ފޮޓޯއާއެކު ފުލުހުން ހާމަކޮށްފިއެވެ.

އެބޯޓުންވަނީ ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފިއެވެ. އެތަކެތި ރާއްޖެއަށް އެތެރެކުރަން އިސްކޮށް ހަރަކާތްތެރިވެފައިވަނީ ތިން ދިވެހީންނެވެ.

އެއީ ސ.ހިތަދޫ، ކޯޒީ ކޯނަރ، ޢަލީ އަންވަރު މުޙައްމަދު އާއި ކ. ދިއްފުށި މާތިލަ، އަހްމަދު ޝަކީބާއި، ލ. ގަން ތުނޑި މިލާނޯ، މުހައްމަދު ރިޝްފާނެވެ. އެބޯޓު ރާއްޖެ ސަރަޙައްދަށް އައުމުން އޭގައިހުރު ޑްރަގްނަގަން ދިޔައީ "ހެދޭކުރި" ނަމަކަށް ކިޔާ ދޯންޏެވެ. އެދޯނިންވަނީ ކ. ދިއްފުށި، އިރުމަތީގޭ އާދަމް މިސްބާހާއި،  ލ. ގަން ތުނޑި، އީޓް ޖެހިގޭ މުޙައްމަދު އިނާޝާއި، ބަންގްލަދޭޝްގެ ދެ މީހަކު ވަނީ ބަންދުކޮށްފއެވެ.

 

އީރާނު ބޯޓުން ވަނީ 6 މީހަކު ބަންދުކޮށްފައެވެ. އެންމެންނަކީ އީރާނު މީހުންނެވެ. އެއީ ފަކީރު، އިސްމާއީލް އިބްރާހީމް، ސާޖިދު، ނަވީދު، އީސާ ސުލައިމާން،  އަދި އަލީ ރާޖާއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގަށް  އިންޓަޕޯލްގެ ޓީމަކުން އަންނަނީ  އެހީތެރިވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.