ޒަކާތު ފަންޑުން އެންމެ ގިނައިން މީހުން އެހީ ހޯދައިފައިވަނީ ކިޑްނީބަލިތަކަށް

ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް މީހާތަނަށް 944 މީހުން އެހީއަށް އެދިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންއެފަންޑުން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެފައިވަނީ އޭގެ ތެރެއިން މިހާތަނަށްވަނީ 865 މީހުންނަށް އެހީހަމަޖައްސައިދީފައި ކަމަށެވެ. ތަފާތު 25 ބައްޔަކަށް ފަރުވާކުރުމަށް އެހީދީފައިވާއިރު އޭގެތެރެއިން އެންމެ ގިނައީ ކެންސަރު ބަލީގެ މީހުންނެވެ. ކެންސަރަށް ފަރުވާ ކުރުމަށް 102 މީހަކަށްވަނީ އެހީ ދީފައެވެ. އެންމެ މަދު މީހުން ފަރުވާ ހޯދަން އެދިފައިވަނީ އައްސިވުމުގެ މައްސަލަތަކަށެވެ. އެކަމަށް ފަރުވާ ކުރުމަށް އެހީހޯދައިފައިވަނީ އެންމެ މީހެކެއެވެ. ދެވަނައަށް އެންމެގިނަމީހުން އެހީ ހޯދައިފައިވަނީ ކިޑްނީ ބަލިތަކަށެވެ. އެބައްޔަށް ބޭސް ކުރުމަށް 73 މީހުންވަނީ އެހީ ހޯދައިފައެވެ.

މިއެހީއަކީ ބޭސްފަރުވާ ކުރެވޭނެ ވަރުގެ ފުދުންތެރިކަން ނެތް މީހުންނަށް ދޭ އެހީއެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދަޅުވެފައިވެއެވެ.
ޒަކާތުފަންޑުން ޢާއްމުކޮށް އެހީދެވިފައިވާ ބަލިތައް:
-ހިތުގެ ބަލި 28 މީހުން -ހަމުގެ ބަލި 18 މީހުން- ހާނިޔާ 4 މީހުން- ނާރުގެ ބަލި 25 މީހުން- ނުކުޅެދޭ ބަލި 25 މީހުން- ނަފްސާނީ ބަލި 4 މީހުން- ކިޑްނީ ބަލި 73 މީހުން- ކެންސަރު 102 މީހުން- ކަށީގެ މައްސަލަ 12 މީހުން- ކުޑަކަމުދިއުމުގެ ނިޒާމުގެ 12 މީހުން- އާތުރައިޓުސް 21 މީހުން- އައްސިވުން 1 މީހުން
އެޕިލެޕްސީ 19 މީހުން- ވާގިނެތޭ ބަލި 18 މީހުން- މައިބަދައިގެ މައްސަލަ 18 މީހުން- ފުއްޕާމޭގެ މައްސަލަ 3 މީހުން- ފިޓުޖެހުން 10 މީހުން- ލޮލުގެ ބަލި 62 މީހުން- ގޮހޮރުގެ ބަލި 10 މީހުން- ގޯލްޑް ބުލެޑަރގައި ހިލަ އުފެދިގެން 10 މީހުން- ސިކުނޑީގެ ޓެސްޓް ހަދަން 18 މީހުން- ސްޓްރޯކު ޖެހިގެން 18 މީހުން- ސައިނަސް 6 މީހުން- ޓްރާންސްޕްލާންޓު ކުރުމަށް 7 މީހުން- ޓިއުމަރު 18 މީހުން ނެވެ.
މިބަލިތަކަށް ބޭސްފަރުވާ ކުރުމަށް ޚަރަދު ކުރެވިފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ 10،654،762.73 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.