މީރާގެ ބޯޑަށް އައްޔަން ކުރަން ހުށަހެޅި ދެނަންފުޅު ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑުން ހުސްވެފައިވާ މެމްބަރުކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ ނަންފުޅު ދިރާސާކުރެއްވުމަށް ކަމާބެހޭ ކޮމެޓީއަށް ފޮނުއްވައިފިއެވެ.

މިރާގެ ބޯޑަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ދެ ނަންފުޅަކީ ކ. ކާށިދޫ ޝަބްނަމްގޭ ، މަޙްޒޫމް ސަލީމް އާއި މއ. ވިލާރޮދި، އިސްމާޢީލް ސާޖިދެވެ. އިސްމާޢީލް ސާޖިދަކީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މިރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ނަންފުޅުތައް ވެސް މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން މިހާރު ގެންދަވަނީ ދިރާސާކުރައްވަމުންނެވެ.

މިރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ދެބޭފުޅުންނަކީ މީރާ ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލާއި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރކަމުގައި ހުންނެވި އިސްމާއިލް ނާޝިދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.