ބިދޭސީއަކަށް ހަމަލާދީ ފޭރެން އުޅުނު މައްސަލައެއް ބަލަނީ

ބިދޭސީއަކަށް ވަޅިން ހަމަލާދީ ފޭރެން އުޅުނު މައްސަލައެއް ބަލަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ ބިދޭސީ މީހާއަށް ދިން ހަމަލާގައި އޭނާގެ ބުރިކައްޓާއި ކަނާތު ކުޑަވާ އިނގިލިވަނީ ޒަޚަމްވެފައި ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ މާފަންނު ޝަހީދު ޢަލީ ހިގުމުގައެވެ. އޭނާއަށް ހަމަލާދީފައިވަނީ ދިވެހިބައެއްތޯ ބިދޭސީ ބައެއްތޯ އަދި ކަށަވަރެއް ނުވެއެވެ.

މިމައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:02 ގައި ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ ވިދާޅުވެފައެވެ. މައްސަލަ ރިޕޯޓު ކުރުމާއެކު ފުލުހުންވަނީ އެސަރަޙައްދަށްގޮސް ޙަރަކާތްތެރިވާން ފަށައިފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ބަންދުކޮށްފައެއް ނުވެއެވެ. މީހުންނަށް ވަޅިން ބިރު ދައްކައި ފޭރުމާއި ރަހީނުކޮށްގެން ފައިސާ އަތުލަން މަސައްކަތް ކުރުން މިހާރުއަންނަނީ އިތުރުވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.