މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

މަސްވެރިއެއްގެ ލޮލަށް އަނެއްކާ ވެސް ބުޅިއެއް ހެރިއްޖެއެވެ. މިފަހަރު ބުޅި ހެރިފައިވަނީ "ރޯދި 3" ނަމަކަށްކިޔާ ދޯންޏަކުން މަހަށްގޮސް އުޅުނު މީހެއްގެ ލޮލަށެވެ. އޭނާއަކީ ޢުމުރުން 58 އަހަރުގެ މީހެކެވެ. ވަރަށް ފަހުން ވެސް މަހަށް ގޮސްއުޅުނު މީހެއްގެ ލޮލަށް ވަނީ ބުޅިއެއް ވަދެފައެވެ.

މިޙާދިސާ ހިނގީ އެދޯނި ހދ. ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިހާދިސާގައި އަނިޔާ ލިބުނު މީހާއަށް އެމްއެންޑީއެފް ނޮދަން އޭރިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭނާއަށް ސިއްޙީ ފަރުވާ ދިނުމަށްޓަކައި ސިފައިންވަނީ މެޑިކަލް ޓީމަކާއެކު ނޮދަން އޭރިއާގެ ސީ އެމްބިއުލާންސް ގައި ދޯނި އޮތް ސަރަހައްދަށް ގޮސް، އެމީހާ ސީ އެމްބިއުލާންސްގައި  ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފައެވެ. އޭނާ އެރަށަށް ގެންގޮސްދީފައިވަނީ މިއަދު މެންދުރު 12:10 އެހައިކަންހާއިރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.