
ޔޫއޭއީގައި ބޭއްވި ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން (ޖީޓެކްސް) ގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެގައުމަށް ކުރެއްވި ދަތުރުފުޅުގައި ދައުލަތުގެ ފައިސާ ޚަރަދުކޮށްފައި ނުވާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "އަޅުގަނޑު ޖައިޓެކްސް 2019 އަށް ކުރި ދަތުރުގެ ދެކޮޅު ދަތުރު ޚަރަދު، ކެއުން، ހުރުން މިއިން އެއްވެސް ކަމަކަށް ދައުލަތުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
"އަޅުގަނޑު ޖައިޓެކްސް އަށްކުރި ދަތުރުގެ ދެކޮޅު ދަތުރު ޚަރަދު ކެއުމާއި ހުރުމާއި މިއން އެއްވެސް ކަމަކަށް ދައުލަތުން އެއްވެސް ފައިސާއެއް ޚަރަދު ކޮށްފައެއް ނުވާނެ،" މާރިޔާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. ޢާއިލާގެ މެމްބަރަކަށް ވެސް ދައުލަތުގެ ފައިސާއިން ޚަރަދުކުރައްވާފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. "މިދަތުރުގެ އެއްވެސްކަމެއް ފެސިލިޓޭޓު ކުރީ ވެސް ސަރުކާރަކުންނޫން،" އެކަމަނާ ވިދާޅުވިއެވެ.
މިދަތުރުގައި އެކަމަނާ ޔުއޭއީއަށް ވަޑައިގެންނެވީ ފާއިތުވި ހޮނިހިރު ދުވަހުއެވެ. ދަތުރަށްފަހު ރާއްޖެ ވަޑައިގެންނެވީ އިއްޔެގައެވެ. ސަރުކާރުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކަށް ދައުލަތުގެ ބެޖެޓުން ބޮޑު ޚަރަދު ހިނގަމުންދާ ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ.
ދައުލަތުގެ މަގާމެއްގައި ހުރުމުން އެފުރުސަތު ލިބުނީ. އެހެންވީމާ ވަނީ ދައުލަތަށް ލިބުނު އެހީއަކުން ކުރި ޚަރަދަކަށް.