އެންއައިސީއަށް މެންބަރަކު ޢައްޔަންކުރެއްވުމަށް ހުށަހެޅުއްވި ބޭފުޅުންނާމެދު އާންމުގެ ޚިޔާލަށް ހުޅުވާލައްވައިފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރު ކަމަށް އައްޔަންކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ހުށަހެޅުއްވި ބޭފުޅުންނާމެދު އާންމުގެ ޚިޔާލަށް ހުޅުވާލައްވައިފި އެވެ.

ރައީސް ހުށަހެޅުއްވި ނަންފުޅުތައް މިނިވަން މުޢައްސާސާ ތަކުގެ ކޮމެޓީން މިހާރު ގެންދަވަނީ ދިރާސާ ކުރައްވަމުންނެވެ. ރައީސްފޮނުއްވު ނަންފުޅުތަކަކީ، ޝުޢައިބު ޢަބްދުއްރަޙްމާން، ދަފްތަރު ނަންބަރު 1188 އާއި- ކާނަލް ރިޓަޔަޑް އަޙްމަދު ޖިހާދު، ވ. ދިވެތި އާއި ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ އާއި ހައްވާ ލިއުޝާ، ގ. ތުނޑިވެލި އެވެ.

އެންއައިސީގެ މެމްބަރުކަމަށް ހުށަހެޅުމުގެ ފުރުސަތު މި ހުޅުވައިލީ އެ ކޮމިޝަންގެ މެމްބަރުކަމުން މުޙައްމަދު ފަރުހާދު އިސްތިއުފާ ދެއްވައިފައި ވުމާ ގުޅިގެންނެވެ.

އެންއައިސީއަށް މެންބަރަކު ޢައްޔަންކުރެއްވުމަށް ހުށަހެޅުއްވި ބޭފުޅުންނާމެދު އާންމުގެ ޚިޔާލު ނުވަތަ ޝަކުވާ ހުށަހެޅުއްވުމަށް ހުޅުވާލައްވައިފައިވަނީ މިމަހު 15 ގެ ނިޔަލަވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.