2.5 މިލިއަން ރުފިޔާއާ އެކު ރިލީފް އެކައުންޓް ބަންދުކޮށްފި

5 މިލިއަން ރުފިޔާއާ އެކު، ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާގެ ރިލީފް އެކައުންޓު މިއަދު ބަންދުކޮށްފިއެވެ. ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހަވީރު 4 ޖެހުމާ ހަމަޔަށް މި އެކައުންޓަށް ޖަމާވި ފައިސާގެ ޖުމުލަ ޢަދަދަކީ 2،528،833.37. ރުފިޔާއެވެ. މިއަދު ހަތަރެއް ޖެހިއިރު އެކައުންޓް ވަނީ ބަންދުކޮށްފައެވެ.

ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ ރޭ ހެންވޭރުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ އެތައް ބަޔަކު ޙާލުގައި ޖެހުނެވެ. މިހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން އެންޑީއެމްއޭ ވަގުތީ ހިޔާތަކުގައި 29 އާޢިލާގެ 164 މީހުން ބަލަމުން ދާކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

ސެޕްޓެމްބަރ 20 ގެ ބޮޑު އަލިފާނުގެ ޙާދިސާގައި ގެއްލުންވި މީހުންނަށް އެހީތެރިވުމަށް ހިންގި ރިލީފް ސެންޓަރުން ޖުމުލަ 429 މީހުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ 328 ދިވެހިންނާއި 101 ބިދޭސީންނަށް ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ. ރިލީފް އެހީގެ ގޮތުގައި އާއްމު ފަރާތްތަކުން ފޯރުކޮށްދީފައިވާ ތަކެތީގެ ތެރެގޭގައި އަންނައުނާއި ފެނާއި ކިރުޕެކެޓާއި ޖޫހާއި ލުއިކާނާއާއި ރީތިވާ ސާމާނުފަދަ ތަކެތި ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.