"އެކްސަސައިޒް އެކުވެރިން" އަށް ދިވެހި ސިފައިން އިންޑިއާއަށް ފުރައިފި

އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ "އެކްސަސައިޒް އެކުވެރިން 2019" ގައި ބައިވެރިވާ ދިވެހި ސިފައިން މިއަދު އިންޑިއަށް ފުރައިފިއެވެ.

މިއީ 2009 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ތަމްރީންތަކެކެވެ. މި ތަމްރީން އެފަހަރު އިންޑިއާގައި ބޭއްވިއްޔާ އަނެއް ފަހަރު ބާއްވަނީ ރާއްޖޭގައެވެ. މިދިޔަ އަހަރުގެ އެކްސަސައިޒު ބާއްވާފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައެވެ. މިފަހަރު މިބާއްވަނީ މީގެ 10 ވަނަ ތަމްރީނެވެ.

މިފަހަރު އިންޑިއާގައި ބައްވާ ތަމްރީންތައް ކުރިއަށްދާނީ މިމަހު 7 އިން 20 އަށެވެ. ތަމްރީން ކުރިއަށްދާނީ ޕޫނޭގައެވެ.

މިއީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މިއެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.