ލޮލަށް ބުޅިއެއް ހެރުނު މީހަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ޅ.ދިއްފުށިމާދޫގެ އިރުން 8 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "ހަނދުވަރީ" ނަމަކަށް ކިޔާ ދޯނީގައި ހުރި ޢުމުރުން 42 އަހަރުގެ މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފުން އެމީހާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެދޯނި އޮތް ސަރަޙައްދަށް ގޮސް އެމީހާނަގައިގެން އަވަސް ފަރުވާ ދިނުމަް ޅ. ނައިފަރަށް ގެންގޮސްފައިވާ ކަމަށެވެ. އެރަށަށް އެމީހާ ގެންދިޔައީ ހެނދުނު 8:09 ގައެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 6:30 އެހައިކަންހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމީހާއަށް އެހީވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮސްޓްގާޑް ސްކޮޑްރަންގެ އުޅަނދަކުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.