ޖިންސީ ފުރައްސާރަކުރި، ސައުތުއެފްރިކާ މީހަކު ވީއައިއޭ އިން ބަންދުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު: ފޮޓޯ އަވަސް

ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފުރަންގޮސްހުރި ސައުތުއެފްރިކާ މީހަކު ބަންދުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެމީހާ ބަންދުކުރީ އަށާއަހަރުންދަށުގެ ކުދިނާއި އަށާރަ އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އެމީހާ ބަންދުކޮށްފައިވަނީ މިއަދު ހެނދުނުއެވެ. ފުލުހުން ވިދާޅުވީ އޭނާ ބަންދުކުރީ ކޯޓު އަމުރެއް ހޯދައިގެން ކަމަށެވެ.

ޢުމުރުން 46 އަހަރުގެ އެމީހާ ބަންދު ކުރުމަށްފަހު ފުލުހުން މިހާރު ގެންދަވަނީ މައްސަލަ ބަލަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓުން ބަންދުކުރީ ކުރިކެޓް ކޯޗު ޢާސިފް ޚާނެވެ. މިކަމާ ބެހޭއިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.