
މާފަންނު ގެއެއްގެ ތިންވަނަ ފަންގިފިލާގައި ރަހީނުކޮށްފައިހުރި މީހަކު ސަލާމަތްކޮށްފިއެވެ.
އެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު އެގެއަށްގޮސް އޭނާ ސަލާމަތްކުރީ ފުލުހުންނެވެ. ރަހީނުކޮށްފައިހުރީ ބިދޭސީއެކެވެ. މި ކަމާ ގުޅިގެން ފުލުހުން ވަނީ ފަސް ބިދޭސީއަކު ބަންދު ކޮށްފައެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ.
މިޙާދިސާގައި ރަހީނުކުރެވުނު މީހާއަށް އެއްވެސް އަނިޔާއެއް ކޮށްފައިވާ ކަމަށް އެނގިފައެއް ނުވެއެވެ. އޭނާ ރަހީނުކުރި ސަބަބު ވެސް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. މިއީ މަދުން ނަމަވެސް މާލޭގައި މިހާރު ހިނގަމުންދާ ކަމެކެވެ.