
"މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާ ގުޅިގެން މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދުނީތީ މަޢާފަށް އެދެމުން އެރިޕޯޓު އިސްލާހު ކުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޑީއެން އިން ބުނެފިއެވެ.
އެތަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޕޯޓު އަލުން ނެރޭނީ ދީނީ ޢިލްމުވެރިއެއްގެ އެހީގައި އިސްލާހު ކުރުމަށްފަހު ކަމަށެވެ. އެތަނުން ބުނެފައިވަނީ ރިޕޯޓުގެ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވައާއި ވާހަކަތައް ގެނެވިފައި އޮތްގޮތަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ޤަބޫލުކުރާކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެޖަމްޢިއްޔާއަކީ އިސްލާމްދީނަށާއި ޤާނޫނުތަކަށާއި ރާއްޖޭގެސަގާފަތަށް އިޙުތިރާމްކުރާ ޖަމްޢިއްޔާއެއް ކަމަށެވެ. މީގެ ފަހުން އެޖަމްޢިއްޔާގެ ފަރާތުން މިދަ ކަމެއް ތަކުރާރު ވިޔަނުދެނޭ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
Vaahaka ginakurumuge beynumeiy neiy.ethereyga huri echcheh beyrah faibaanee.emmennah feni nimijje.