
މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ސެކްޝަންގެ ތިޖޫރި ފަޅާލަން ބަޔަކު މަސައްކަތް ކޮފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެތަނަށް ވަދެފައިވަނީ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ. އެހެންނަމަވެސް އެ ތަނުން އެއްވެސް އެއްޗެއް ގެންދިޔަ ކަމެއް މިހާތަނަށް ބެލި ބެލުން އަދި އެނގެންނެތެވެ. ފުލުހުން ވިދާޅުވީ ތިޖޫރި ފަޅަން އުޅުނަސް އެކަން ވެސް އެބަޔަކަށް ކާމިޔާބު ވެފައި ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދުކޮށްފައި ނުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ މިހާރު ގެންދަވަނީ ބައްލަވަމުން ކަމަށެވެ.
މާލެސިޓީކައުންސިލަށް ވަދެ ވައްކަން ކުރަން އުޅުނު ކަމުގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 5:20 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. ތިޖޫރީގައިހުރީ ކިހާ ފައިސާއެއް ކަމެއް ވެސް އެނގިފައެއް ނުވެއެވެ.