ޓޫރިސްޓު ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅައިފި

ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅަނީ: ފޮޓޯ ޓޫރިޒަމް

ރާއްޖޭގައި ފުރަތަމަ އަޅާ ޓޫރިސްޓު ވިޒިޓަރ ސެންޓަރު ރ. އަނގޮޅިތީމުގައި އަޅަން ނިންމައި އެތަނުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

މިއީ ރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރު ދައްކައިދިނުމުގެ ގޮތުން އަޅާ ސެންޓަރެކެވެ. ސެންޓަރުގެ ބިންގާ އަޅައިދިނީ 2015 ވަނައަހަރު މޭޑޭގެ މުޒާހަރާގައި ބަންދުކޮށް ޖަލަށްލާފައި ހުއްޓާ މަރުވި ޢަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒު ޢަބްދުއްރަޙީމާއި، އަންހެން ދަރިފުޅު ޢާއިޝަތު ރަޝްމާއެވެ.

މިއީ ޓޫރިޒަމް މިނިސްޓްރީން ހެރިޓޭކު މިނިސްޓްރީއާ ގުޅިގެން އަޅާ ސެންޓަރެކެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ސެންޓަރުގައި އަނގޮޅިތީމުގެ ތާރީޚު ދައްކުވައިދޭ ގެލެރީއަކާއި ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު ދައްކުވައިދޭ ގެލެރީއެއް ހުންނާނެއެވެ. ބުނެވޭ ގޮތުގައި އަނގޮޅިތީމަކީ ރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ދެރަށުގެ ތެރެއިން އެއްރަށެވެ. އަނެއް ރަށަކީ ރ. ރަސްގެތީމު ކަމަށް ބައެއް ލިޔުންތަކުން ފެނެއެވެ.

މިއީ ސީއެސްއާރުގެ ދަށުން ހަދާ ތަނެކެވެ. އެތަނުގެ މަސައްކަތް ނިމި އަންނަ އަހަރު ހުޅުވޭނެ ކަމަށް މިނިސްޓަރ ޢަލީވަހީދު ވިދާޅުވިއެވެ. ހެރިޓޭޖި މިނިސްޓަރ ޔުމްނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިފަދަ ސެންޓަރުތައް ރާއްޖޭގެ އެހެން ހިސާބުގައި ގާއިމް ކުރެވޭނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.