
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އޮތް ތެޔޮ ބައުޒަރެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށެވެ. އޭނާ ވިދާޅުވީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ގެންދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެވަމުން ކަމަށެވެ. އެ ޓީމުން މިހާރުވަނީ އަލިފާން ކޮންޓްރޯލް ކޮށްފައެވެ.
ޙާދިސާގެ މަޢުލޫމާތު އެމްއެމްޑީއެފަށް ލިބިފައިވަނީ މުރޭ 7:39 ގައި ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ. އަލިފާން ރޯވީ ވެހިކަލް މަޑުކޮށްގެން އޮއްވައެވެ. ރޯވިއިރު އޭގައި ޑްރައިވަރާއި އެހީތެރިއަކު އިން ކަމަށް ޢާޒިމް ވިދާޅުވިއެވެ.