
މާލެއަށް ރޭ ބޯކޮށްވާރޭ ވެހި ފެންބޮޑުވި ހާދިސާގެ ސަބަބުން އެސްޓީއޯގެ އެއްވެސް ފިހާރައަކުން ނުވަތަ ގުދަނަކުން ދެމުން އަންނަ ޚިދުމަތްތަކަށް ބުރޫ ނާރާނެ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން ވިދާޅުވީ ރޭ މާލޭގައި ފެންބޮޑުވި ހާދިސާގައި އެކުންފުނީގެ އެއްވެސް ގުދަނަކަށް ފެނުގެ އަސަރު ކޮށްފައި ނުވާކަމަށާއި ހުރިހާތަނެއްވެސް ހުރީ ސަލާމަތުން ކަމަށެވެ.
އެސްޓީއޯއަކީ ފުޅާދާއިރާ އެއްގައި ވިޔަފާރިކުރާ ކުންފުންޏެވެ. އެތަނުގެ ފިހާރަތަކުން މުދާ ނަގާ ފަރާތްތަކަށް ވެސް އެއްވެސް މައްސަލައެއް ކުރިމަތިނުވެ ކުރިއެކޭ އެއްފަދައިން ޚިދުމަތް ދެއްވަމުން ގެންދަވާނެ ކަމަށް އެތަނުން ވިދާޅުވިއެވެ.
މީގެ ކުރިން މާލެއަށްކުރި ވިއްސާރަތަކުގައި ވެސް އެކުންފުނީގެ ގުދަންތަކުގައިހުރި މުދަލަށް އެއްވެސް ގެއްލުމެއް ވެފައިނެތް ކަމަށް އެކުންފުނީން ވިދާޅުވިއެވެ.