3 ސަރަހައްދެއްގެ ކުނީގެ މައްސަލަ ހައްލުކުރުމަށް 6.4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްގައި ސޮއިކޮށްފި

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ތިލަފުށީގައި ބަހައްޓާފައި ހުރި 4 ޓަނުގެ 3 އިންސިނަރޭޓަރު ހދ. ކުޅުދުއްފުށްޓާއި، ކ. މާފުށި އަދި ފުވައްމަލަކަށް ގެންގޮސް ބެހެއްޓުމަށް 2 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ހދ. ކުޅުދުއްފުއްޓާއި ފުވައްމަލުގެ އިންސިނަރޭޓަރު ބެހެއްޓުމަށް ހަވާލުކޮށްފައިވަނީ މެކްސްޓަރ މޯލްޑިވްސް އާއެވެ. ކ. މާފުށީގައި އިންސިނަރޭޓަރު ބެހެއްޓުމަށް ޙަވާލުކޮށްފައިވަނީ ކޮަރަލް ލައިފް ޕްރައިވެޓް ލިމިޓެޑް އާއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ތިލަފުށީގައި ބަހައްޓާފައިވާ އިނސިނަރޭޓަރު އެ ރަަށްރަށަށްް ގެންދިއުމާއި އެކު އިންސިނަރޭޓަރު ބަހައްޓާ ޝެޑު ހަަދައި، އިންސްޓޯލް ކުރާނެއެވެ. 3 ޕްރޮޖެކްޓަށް ސަރުކާރުގެ ބަޖެޓުން 6.4 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ. އެއީ ހދ. ކުޅުދުއްފުށީގައި ހިންގާ ޕްރޮޖެކްޓަށް 2،189،642 ރުފިޔާ އާއި ފުވައްމުލަކުގެ ޕްރޮޖެކްޓަށް 2،353،942 ރުފިޔާ އާއި މާފުށީގައި ހިންގާ ޕްރޮޖެކްޓަށް 1،89،611،37 ރުފިޔާއެވެ. އެއްބަސސްވުމުގައިވާ ގޮތުން މި ޕްރޮޖެކްޓްތައް 119 ދުވަހުގެ ތެރޭގައި ނިމޭނެއެވެ.

އިންސިނެރާޓަރު ބެހެއްޓުމަށް އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދް ޙަސަން އެވެ. މިއަދުގެ ރަސްމިއްޔާތުގަިއ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންިސނެރޭޓަރުތައް ބެހެއްޓި ކަމުގައި ވީ ނަަމަވެސް ކުރީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މިނިސްޓްރީ އިން ކުރިއަށް ގެންދާ މަޝްރޫޢުތައް ކުރިއަށް ގެންދާނެކަމަށެވެ. އަދި އެ މަޝްރޫޢު ތަކުން ކުނީގެ މައްސަލަ ހައްލުވާނެ ކަމަސް ޤަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

(ޚަބަރާއި ފޮޓޯ: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް) 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.