
ހައްދުންމަތީ ގަމު ގެއެއްގެ ގޯތިތެރޭގައި ހަދާފައިއޮތް މަސް ފެންގަޑަކަށް 2 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވީ މިޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 15:30 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާއަށްފަހު ކުއްޖާގެ ޙާލު ސީރިއަސް އެވެ. ލ. ގަމު ހޮސްޕިޓަލުގައި އެކުއްޖާއަށް މިހާރު ދަނީ ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިކަމާބެހޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.