
މެދުތެރޭ އެފްރިކާގެ ގައުމެއް ކަމުގައިވާ ޑިމޮރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ރޭލެއް ދަގަނޑުން ނައްޓާލައި، ފުރޮޅާލުމުގެ ސަބަބުން 50 މީހުން މަރުވެއްޖެއެވެ.
މިނިސްޓަރ އޮފް ހިއުމެނިޓޭރިއަން އެކްޝަން އެންޑް ނޭޝަނަލް ސޮލިޑޭރިޓީއިން ބުނި ގޮތުގައި މިއަދު ފަތިހުގެ ވަގުތެއްގައި ރޭލު ފުރޮޅާލާފައި ވަނީ އިރުއުތުރު ޕްރޮވިންސެއް ކަމުގައިވާ ޓަންގަންޔިކާގައެވެ.
"ސަރުކާރުގެ ފަރާތުން ވާހަކަ ދައްކާ މީހެއްގެ ހައިސިއްޔަތުން، މި ހާދިސާގެ އަސަރުކުރި އާއިލާތަކަށް އަހަރެން ތައުޒިޔާ ފޮނުވަން." މިނިސްޓަރު އެމްބިކާޔީ
އޭނާ ވިދާޅުވި ގޮތުގައި މަޔިބަރީދީ އަވަށް ކައިރީގައި ރޭލު ފޮރުޅާލުމުގެ ސަބަބުން 23 މީހަކުވެސް ވަނީ ޒަޚަމްވެފައެވެ. އަދި ރޭލުގެ ދަށުވެފައި އިތުރު މީހުން ވާނެކަމަށް ލަފާކުރެވޭތީ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެން ވެއެވެ.
ރޭލު ފުރޮޅާލާފައި ވަނީ މިއަދު ފަތިހު 3:00 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 4:00 ޖެހިއިރު) އެވެ.
1960 ގެ އަހަރުތަކުގެ ތެރޭގައި އުފައްދާފައިވާ ރޭލު މިހާރުވެސް ބޭނުންކުރާ ކޮންގޯގެ ރޭލްވޭގައި މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ.