
ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލޭގައި ޔޫ.އެސް ޑޮލަރ އޭޓީއެމް އެއް ހުޅުވައިފިއެވެ.
އޭ.ޓީ.އެމް ހުޅުއްވައިދެއްވީ ބޭން އޮފް މޯލްޑިވްސް ގެ ސީ.އީ.އޯ އަދި އެމް.ޑީ ޓިމް ސޯވޔަަރ އެވެ.
ހުޅުމާލެއަކީ ރާއްޖޭގައި މީހުން އާބާދުވަމުން އަންނަ އަދި ވިޔަފާރި އާއި ސިނާޢަތް ކުރިއަރަމުން އަންނަ މައި ސަރަޙައްދެކެވެ. މިއދު ހުޅުވުން އޭ.ޓީ.އެމް ގެ ސަބަބުން ހުޅުމާލޭގަިއ ދިރިއުޅޭ ފަރާތަތްތަކަށް ބޭންކުގެ ޚިދުމަތް ހޯދުމަށް ފަސޭހަވާނެއެވެ. މި އޭ.ޓީ.އެމް އިން ޔޫ.އެސް ޑޮލަރު ނެގުމާއި ޖަމާކުރުމާއި އަދި ޓްރާންފަރ ހެދޭނެއެވެ.

މިއަދު ހުޅުވުނު އޭ.ޓީ.އެމް އަކީ ބޭންކުން ދެމުން އަންނަ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ހުޅުވުނު އޭ.ޓީ.އެމް އެކެވެ. މި އޭ.ޓީ.އެމް ހުޅުވާފައިވަނީ ރެނާޓަސް އިތާ މުތް ޢިމާރާތުގައެވެ.