
މަޖީދީ މަގު ރަށްދެބައިމަގު ގުޅުނު ހިސާބުގައި ހަދަމުންދާ ޢިމާރާތެއްގެ ދެވަނަ ބުރިން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ. އޭނާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.
އައިޖީއެމްޗުން ވިދާޅުވެފައިވަނީ އެމީހާގެ ޙާލު ސީރިއަސް ނޫންކަމަށެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
އެ ޢިމާރާތުން ވެއްޓިފައިވަނީ ޢުމުރުން 27 އަހަރުގެ ޒުވާނެކެވެ. ފުލުހުން ވިދާޅުވީ އެމީހާ ވެއްޓުނު ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:45 އެހައިކަންހާއިރު ކަމަށެވެ. މިކަމާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.