ޓީޗާރސް ކޮންފަރެންސްގައި 250 ފަރާތަކުން ބައިވެރިވާނެ

ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން

ފަސް ވަނަ އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސްގައި 250 ފަރާތަކުން ބައިވެރިވާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަިއ މިނިސްޓްރީ އިން ހާމަ ކުރައްވެި ގޮތުގައި މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 3 ން 4 އައްޑޫ ސިޓީގައެވެ.

މީގެ އިތުރުން ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓްގެ ފަރާތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއް ރިވިއުކޮށް، މުހިއްމު މައުލޫމާތު ތަކެއް އެއްކުރެވިފައިވާ ކަމަށާއި އެ މައުލޫމާތުގެ އަލީގައި ތަފާތު ދާއިރާ ތަކުން ޚާއްސަ އެހީތެރިކަން ބޭނުންވާ 57 ސްކޫލެއް ފާހަގަކުރެވިފައިވާ ކަން ހާމަކުރެއްވިއެވެ. އަދި މިދެންނެވި ސްކޫލްތަކަށް އެހީތެރި ވުމުގެ ގޮތުން ސްޓްރެޓަރޖިކް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.  

އަދި 2015 ވަނަ އަހަރު ތަޢާރަފު ކުރެވުނު މަދުރަސީ ތައުލީމުގެ ގައުމީ މަންހަޖް މުރާޖައާ ކުރުމަށް ބޭއްވުނު ސިމްޕޯޒިއަމްގެ ދަށުން މަދުރަސީ ތައުލީމުގެ ގައުމީ މަންހަޖް މުރާޖައާ ކުރުމަށް ބޭއްވުމަށް ތާވަލް ކުރެވުނު ފުރަތަމަ ސަރަހައްދީ ބައްދަލުވުން ދެކުނުގެ އަތޮޅު ތަކަށް އަމާޒުކޮށް ގެން އައްޑޫ ސިޓީގައި 31 ޖަނުއަރީ ގައި ބޭއްވުނު ކަމަށާއި އެބައްދަލުވުމުގައި ސްކޫލްތަކުގެ ވެރިންނާއި ބެލެނިވެރިން އަދި ދަރިވަރުން ބައިވެރިވި ކަން ފާހަގަކުރެއްވިއެވެ.   

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.