
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ސްޓާފް އޮފް ދަ އިޔަރ 2019ނުވަތަ ހުރިހާ ގޮތަކުން އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް އެ އޮތޯރީޓީ ގެ ލީގާލް ސާރވިސްގެ ޕްރިންސިޕަލް ޓެކްސް އޮފިސަރ އިބްރާހީމް މުނައްވަރު ހޮވި ވަޑައިގެންފިއެވެ. އޭނާ އަށް މި އެވޯރޑް ހަވާލު ކޮށްދެއްވީ މިރާގެ ނުވަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދެވެ.
މީރާގެ ސްޓާފް އޮފް ދަ އިޔަރ އަކީ ކޮންމެ އަހަރަކު ވެސް މުވައްޒަފުންނަށް ދެވޭ އެންމެ ޝަރަފްވެރި އެވޯރޑްކަމަށް މި އެވޯރޑް އިޢުލާން ކުރައްވަމުން ޑިރެކްޓަރޖެނެރަލް ފާތުމަތު ޝިފާޒާ ވިދާޅުވިއެވެ. މި އެވޯރޑް ދެއްވަނީ ފާއިތުވި އަހަރު މަސައްކަތުގެ ފެންވަރަށާއި ޙާޒިރީ އަށް ރިޢާޔަތްކޮށް ހުރިހާ ގޮތަކުން އެންމެ ރަނަގަޅު މުވައްޒަފަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ކުރިއެރުވުމަށް ހިތްވަރުދިނުމުގެގޮތުން އެގެޒެކެޓިވް ލެވެލެގެ މުވައްޒަފުން މިއެވޯރޑް ދެއްވުމުގައި ހިމަނައިފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝިފާޒާ ވިދާޅުވިއެވެ.