މަގުމަތީގެ ރައްކާތެރިކަމާގުޅޭގޮތުން ސްކޫލް ކުދިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހް ކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ މިއަދު ހެނދުނު ހިރިޔާ ސްކޫލްގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
މި ޕްރޮގްރާމް މިއަދު މިވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިފްތިތާހު ކޮށަފައި ކަމަށް ވެސް އެޑިޔުކޭޝަނުން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންނަށް އެކުދިންގެ އުމުރާއި ގުޅޭގޮތަށް މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދެވި ހޭލުންތެރި ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ. މި ޕްރޮގްރާމް ކުރިއަށްދަނީ ކަމާބެހޭ މުޢައްސަސާތަކުގެ އެހީތެރިކަމާއެކުގައެވެ.