ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި އިންޒާރުދިން ބަޔަކު ބަންދު ކޮށްފި

ފީއަލީގައި ފުލުހުން ހިންގި އުޅަނދު ޗެކު ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން: ފޮޓޯ ޕޮލިސް

ރަށުގެ ޢާއްމު އިޖުތިމާޢީ މިންގަނޑާ ޚިލާފުވެ، މަސްލަޙަތު ނަގާލަން މަސައްކަތް ކުރި ބަޔަކު ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި އިންޒާރު ދިން 4 ފިރިހެނަކު ފ. ފީއަލީން މިއަދު ބަންދު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެމީހުން ބަންދުކޮށްފައިވަނީ ކޯޓު ޢަމުރެއްގެ ދަށުން ކަމަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 40 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކާއި، 43 އަހަރުގެ މީހާކާއި 46 އަހަރުގެ މީހެކެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އަޅަން އެމީހުން ކުރިކަމަކާއި ދިން އިންޒާރެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ މީހުން ބަންދު ކުރުމަށްފަހު ފުލުހުންވަނީ އެމައްސަލަ ތަޙުޤީޤު ކުރަން ފަށައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.