
މިހިނގާ ޖުލަމަހުގެ 28 ވަނަ ދުވަހާއި އަންނަ އޮގަސްޓް 15 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖައްސަވައިފިއެވެ.
ރައީސް އެގޮތަށް ހަމަޖެއްސެވީ މިއަހަރުގެ މިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ސަރުކާރުގެ ގިނައަދަދެއްގެ މުވައްޒަފުންނާއި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
އޮގަސްޓް 15 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ އަޟުޙާ ޢީދާ ގުޅިގެން ޗުއްޓީއަށާއި، އެނޫންވެސް އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ. މިއަހަރުގެ އަޟުޙާ ޢީދު ދުވަހަކީ އޮގަސްޓަމަހުގެ 11 ވަނަ ދުވަހެވެ.