
ހެންވޭރު ގެއެއް ބަލައި ފާސްކޮށް އެއްކިލޯ ސަތޭކަ ސާޅީސް ހަ ގުރާމުގެ މަސްތުވާތަކެތި ހޯދައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެގެ ބަލައި ފާސްކުރީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކަމަށެވެ.
އެތަކެތި ހޯދައިފައިވަނީ ޖުލައި 16 ވަނަދުވަހުއެވެ. އެ ތަކެއްޗާއެކު ފުލުހުން ވަނީ ދެ މީހުންނާއި ކުޑަކުއްޖަކު ބަންދުކޮށްފައެވެ. ބަންދުކޮށްފައިވަނީ 18 އަހަރު ނުފުރޭ ކުއްޖަކާއި، 42 އަހަރުގެ ދިވެހި ފިރިހެނަކާއި، 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.