
ހދ. ކުޅުދުއްފުށީ ނެރުން ވަންނަން އައި ލޯންޗެއް ނެރުފައިކަށީގައި ޖެހި ފަޅައިގެން ހިނގައްޖެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި އެ ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. އެ ލޯންޗު ފަޅައިގެން ގޮސް ދިޔަވެ އަޑިއަށްދާން ފެށުމުން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސް ޓީމާއި ޢާއްމުން ގުޅިގެން ލޯންޗު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ޙާދިސާ ހިނގާފައިވަނީ މިރޭ 8:05 އެހައިކަންހާއިރުއެވެ. މި ދުވަސްވަރަކީ ބައެއް ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރެއް ކަމުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.