އެންމެ ދެކުނުގެ އަތޮޅުތަކަށް ވައިޓްއެލާޓް ނެރެފި

އެންމެ ދެކުނުގެ އަތޮޅު ތަކަށް ވައިޓް އެލާޓު ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑުސިޓީއަށެވެ. އެ ސަރަޙައްދަށް ވައިޓް އެލާޓު ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.

 މެޓް އޮފީހުން ވިދާޅުވީ ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ ސަރަޙައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 12:00 އިން ފަތިހު 5:00

ރާއްޖޭގެ ޢާއްމު މޫސުމަށް ބަލާއިރު އެކިހިސާބަށް ގުގުރާ ވިއްސާރަކުރާނެ ކަމަށާއި،  އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓު އޮފީހުންވަނީ ވިދާޅުވެފައެވެ. ދެކުނު އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުންނެވެ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައެވެ.  ވިލާގަނޑުގައި 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

 ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެއެވެ.  ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވިއެވެ. މިހާރުވެސް ދެކުނުގެ ބައެއް ރަށްރަށަށް ވަނީ އުދަ އަރައުފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.