ކުރީގެ ޕްރިންސިޕަލް މުޖާހިދު އިކޮންމިކް މިނިސްޓަރުގެ ނާއިބަކަށް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. އެމަޤާމަށް އައްޔަން ކުރެއްވީ ގއ. ދާންދޫ، ކާމިނީގެ، އަޙްމަދު މުޖާހިދެވެ.

އެ މޤާމަށް އޭނާ އައްޔަން ކުރެއްވީ މިހިނގާ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ. މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީއިން މާސްޓަރ އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ އަދާކުރައްވައިފައިވާ މަޤާމުތަކު ތެރޭގައި އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްކަމާއި،  އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި، ލީޑިން ޓީޗަރގެ މަޤާމް ހިމެނެއެވެ. އޭގެ އިތުރަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޕާޓް ޓައިމް ލެކްޗަރަރގެ މަޤާމު ވެސް އޭނާ ވަނީ ފުރުއްވައިފައެވެ.  މީގެ އިތުރަށް ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.