ގެއްލިގެން ހޯދަމުންދިޔަ ސައިކަލެއް މާލޭ ފަޅުތެރެއިން ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ސައިކަލެއް މާލޭ އުތުރު ހާބަރުގެ ފަޅުތެރެއިން ފެނިއްޖެއެވެ. އެސައިކަލް ފެނިފައިވަނީ ހާބަރުގައި އޮތް ބޯޓަކުން ވެއްޓުނު އެއްޗެއް ނަގަން ފުންމާލި މީހަކަށެވެ.

ފުލުހުން ވިދާޅުވީ ސައިކަލް ފެނުމުން އެމީހުން ވަނީ އެ ނެގުމަށްފަހު ފުލުހުންނަށް ރިޕޯޓުކޮށްފައި ކަމަށެވެ. ފުލުހުން ގޮސް ބެލިއިރު އެއީ މިއަހަރު އެޕްރީލް މަހު 16 ވަނަ ދުވަހު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ސައިކަލެއް ކަމަށެވެ.

ސައިކަލް ފެނިފައިވަނީ ރޭ 8:00 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން ފުލުހުން ވިދާޅުވީ، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

މާލޭގެ މަގުމަތީގައި ހުންނަ ސައިކަލްތައް ވަގަށް ނެގުމަކީ ވަރަށް އާއްމު ކަމެކެވެ. މިހާރު ވެސް ކޮންމެ ދުވަހަކު ދެތިން ސައިކަލް ގެއްލިގެން އެތަކެތި ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.